ގަވާއިދާ ޚިލާފަށް އުޅޭ 1500 އަންނަ ހަފްތާގައި ގައުމަށް ފޮނުވާލަނީ

ބަނގްލަދޭޝްގެ ސަރުކަރާ ވާހަކަ ދައްކައިގެން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ 1500 މީހުން އަންނަ ހަފްތާގައި ގައުމަށް ފޮނުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިހް ވިދާޅުވެއްޖެއެވެ. ކޯވިޑް19 އިން ދިފާއުވުމަސް ސަރުކާރުން ކުރަމުން ގެންދާ މަސައްކްަތުގެ ތަފްސީލު ރައްޔިތުންނާ ހިއްސާ ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑް19 ފެތެރުމުންދާ ގޮތަށް ބަލާއިރު ބޮޑަށް ބަލި ފެތުރިފައިވަނީ ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލުކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ވެސް އެއީ ކަމަށެވެ. އެހެންކަމަށް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ވަންނާނެ ގެދޮރެއް، އަދި އާމްދަނީ ހޯދާނެ ވަޒީފާއެއް، ރަސްމީ ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަކަން ރައީސް ފަހަގަކުރެއްވިއެވެ. އަދި އެ މީހުން ގެނައި ބަޔަކު ތިބޭނެކަމަށާއި މިއީ އެއްދުވަހަކުން ނުވަތަ ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ތޮއްޖެހިގެން އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ބިދޭސީން ބައިތިއްބަން ގުޅީފަޅާއި ހުޅުމާލެއާއި، ވިލިވަރުގައި ތަންތަން ހަދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ތަންތަނަށް 3000 މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް 40،000 އަށްވުރެ ގިނަ ބިދޭސީން އެބައުޅެއެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.