ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ރަން ޒަމާނުގައި އެޕާޓީގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) ޕީޕީއެމްގައި އުޅުއްވުމަށްފަހު އަލުން ޑީއާރުޕީއަށް ބަދަލުވީ ޗެލެއްޖަކަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރިފާޢު ވިދާޅުވީ ޑީއާރުޕީ މިހާރު އޮތީ ވަރަށް ޙާލުގައި ކަމަށެވެ. ޕާޓީއޮތީ އިލެކްޝަންސް ކޮމިޝަނުން ފަހުގެ އިންޒާރު ދެއްވާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެޕާޓީއާ ގުޅިވަޑައިގެން ޕާޓީއަށް މީހުން އިތުރުކޮށް ގުރާސް ރޫޓު ވަރުގަދަ ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އަދިކިރިޔާ ޑީއާރުޕީ އަލުން ވުޖޫދަށް މި އަންނަނީ. އިލެކްޝަންސް ކޮމިޝަނުގައި ޑީއާރުޕީ މިހާރު އޮތީ ލާސްޓް ވޯނިންގައި. އެހެންވީމާ މިހާރު މިވަނީ ރަޖީޓްރޭޝަންގެ މަސައްކަތް ފަށައިފައި. ވަރަށް އަވަހަށް ފޯމުތަކެއް އިލެކްޝަނަށް ވައްދާނަން،" އޭނާ ވިދާޅުވިއެވެ.
"ޕީއެމުން ޑީއާރުޕީއަށް ބަދަލުވުމަކީ ސިޔާސީ ދާއިރާގައި ކޮށްލި ޗެލެންޖެއް. ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ވެސް ބުރަދަނެއް އެބަހުރިކަން ދައްކަން ބޭނުން. އަޅުގަނޑުމެން އަމިއްލައަށް ބަސްކިޔާލައިގެން އަޅުގަނޑުމެން ބޭނުންގޮތަކަށް އެއްޗެއް (ޕާޓީއެއް) މޮޑެން (ބޭނުން ގޮތަކަށް ހިންގަން) ލިބިއްޖެ ކަމަށްވާނަމަ ވަރަށް ތަފާތު އެއްޗެއް ދެއްކިދާނެކަން ޕްރޫވުކުރަން މި ޗެލެންޖު މިނެގީ،" ބޮޗޭ ވިދާޅުވިއެވެ.
ޑީއާރުޕީ ވަރުގަދަ ކުރުމަށް އެޕާޓީން ވަނީ ބޮޗޭގެ އިތުރަށް ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވެސް އެޕާޓީއަށް ގެނެސްފައެވެ. އަދި އެޕާޓީގެ ކައުންސިލުން ވަނީ ޕާޓީގެ ވަގުތީ ލީޑަރުކަން އޭނާއަށް ދެއްވައިފައެވެ. މުޙައްމަދު ނަޝީދު (ކާނަލް) އަކީ ވައިސް ލީޑަރެވެ.
Paty Naga kolhah jehumakun nimuny ky nun