ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކޮށްފައިވާ ފުލުހަކު ބަންދު ކޮށްފި

ކުޑަ ދެ ފިރިހެން ކުދިންނާ މެދު ބަދުއަޚުލާގީ ޢަމަލު ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ ފުލުހަކު ބަންދު ކޮށްފި ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

އެ ދެކުދިންނާއެކު ބަދައަޚުލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މިއަދު ބަންދުކޮށްފައިވަނީ ފިރިހެނެކެވެ. އޭނާއަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ބަންދު ކޮށްފައިވަނީ ކޮންތާކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އޭނާ ބަންދު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުންވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަހަރު ފެބުރުއަރީ 28 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މައްސަލަ ހުށަހެޅިއިރު ފުލުސް މީހާހުރީ ލަންކާގައި ކަމަށް އެނގިފައިވެއެވެ. އޭނާ ބަންދުކުރީ އެނބުރި މާލެއައުމުންނެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އާއި ފެމިލީ އެންޑް ޗިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.