ފަނަރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި 46 އަހަރުގެ ފިރިހެނަކު މީހަކު ބަންދުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އެމީހާ ބަންދުކުރީ ކޯޓު އަމުރެއްގެ ދަށުން ފެބުރުއަރީ އެކެއްގައި ކަމަށެވެ. އެކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް އެކަން ނާންގައި ކުއްޖާއަށް އިހުމާލުވެފައިވާތީ އެކުއްޖާގެ މަން ވެސް ވަނީ ހަމަ އެދުވަހު ކޯޓު އަމުރެއްގެ ދަށުން ބަންދު ކޮށްފައެވެ.
މިދެމީހުންގެ ތެރެއިން 46 އަހަރުގެ މީހާގެ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އުމުރުން 49 އަހަރުގެ އެކުއްޖާގެ މަންމަގެ 10 ދުވަހަށް ބަންދު ކުރުމަށް ވެސް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ފަނަރަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ އެކިދުވަސްމަތީން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައވަނީ ހުސްވި ޖެނުއަރީމަހު 25 ވަނަ ދުވަހުއެވެ.
މި އަންހެން މީހާ ބަންދުކުރުމަށްފަހު އޭނާގެ ބެލުމުގެ ދަށުގައި ތިބި އެހެން ކުދިން ވަނީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މިހާދިސާ ހިނގާފައިވަނީ ހުވަދުއަތޮޅުގެ ރަށެއްގައެވެ.