ތޭރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

ޢުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހަޅައިފައިވަނީ މިއަދު ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ޒޯންގައި ހިމެނެނީ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން 21 އަހަރުގެ ފިރިހެނަކި މިއަދު ބަންދުކޮށްފައިވާ ކަމަށެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައަކީ ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ. އެހެންކަމުން އެކަމުގައި ހިމެނޭ ކުއްޖާގެ ރަށާއި އެހެނިހެން މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން އެންމެން ގޭގައި މަޑުކުރުމަށް އަންގަވާފައިވާ މިދަނޑިވަޅުގައި ކުޑަކުއްޖަކަށް ވިޔަސް އެހެން މީހަކަށް ވިޔަސް މިފަދަ އަނިޔާއެއް ލިބިއްޖެ ކަމަށްވާނަމަ ވަގުތުން އެންގެވުމަށް ޖެންޑަރ މިނިސްޓްރީން ވެސް ވަނީ އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.