ފާއިތުވި މަހު އޮމާނުން ރާއްޖެއަށް 797 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ

ފާއިތުވި މަހު އޮމާނުން ރާއްޖެއަށް 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިބް ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ،  ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޯކަމަށެވެ.

މި ގައުމުތަކުގެ ތެރެއިން އޮމާނުން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 550 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 493 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 343 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 56 އިންސައްތަ ވަނީ އިތުރުވެފައި ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށް ބުންޏެވެ.

މީގެއިތުރުން، ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 31 އިންސައްތަ އިތުރުވެފައިވާ ކަމަށާއި އެގޮތުން 2021 ވަނަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.