ޖޭއެސްސީއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބަހައްޓާނީ ތިން ވޯޓުފޮށި

ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) އަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބަހައްޓާނީ ޖުމްލަ ތިން ވޯޓުފޮށި ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ތިން ފޮށީގެ ތެރެއިން ދެ ފޮށި ބަހައްޓާނީ މާލޭ ސިޓީގައެވެ. އެ ދެ ފޮށިވެސް ބަހައްޓާނީ ބައު ޖަމާލުއްދީން ސްކޫލުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރެއިނިން ހޯލުގައެވެ. ތިން ވަނަ ފޮށި ބަހައްޓާނީ އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައެވެ.

މާލޭ ސިޓީގައި ބަހައްޓާ އެއް ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލާނީ މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅާއި، ޅ. އަތޮޅާއި، ކ. އަތޮޅާއި އއ. އަތޮޅާއި، އދ. އަތޮޅާއި ވ. އަތޮޅާއި، މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅާއި، ގއ. އަތޮޅާއި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންނެވެ.  މާލޭ ސިޓީގައި ބަހައްޓާ ދެ ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލާނީ މިއިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން ގދ. އަތޮޅާއި، އައްޑޫ ސިޓީއާއި މާލެ ސިޓީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންނެވެ. އައްޑޫ ސިޓީގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މި ފޮށްޓަށް ވޯޓު ނުލެވޭނެ އެވެ. ތިން ވަނަ ފޮށި ބަހައްޓާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައެވެ. އެ ފޮށްޓަށް ވޯޓުލެވޭނީ އެފޮށްޓަށް ރަޖިސްޓްރީ ކޮށްފައިވާ ޤާނޫނީ ވަކީލުންނަށް އެކަންޏެވެ.  

މި އިންތިޚާބު އޮންނާނީ ޖުލައި 27 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި 6 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެބޭފުޅުންގެ ނަންތައް ތަރުތީބުކޮށް މިހާރުވަނީ ނިމިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.