ބިއްލޫރި ތަށްޓެއް ހިލޭލިބޭ އަލްނޫރު ހިކިކިރު ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި

އަލް ނޫރް ހިކިކިރު ޕެކެޓެއް ބައްލަވައިގެން އިނާމެއްގެ ގޮތުގައި ފެންވަރު ރަނގަޅު ބިއްލޫރިތައްޓެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަރމާޓުން މިއަދު ފަށައިފިއެވެ. މި ޕޮރޮމޯޝަނުގައި ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނޭ ކަމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ޑިޕާޓުމަންޓުގެ މާކެޓިން މެނޭޖަރ އާމިނަތު ޝުރުފާ ވިދާޅުވިއެވެ.

އަލް ނޫރް ހިކިކިރުގެ ޕްރޮމޯޝަނާ ބެހޭގޮތުން ޝުރުފާ މީޑިއާއަށް މަޢުލޫމާތު ދެއްވަނީ

އަލް ނޫރު ކިރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި "އޮމާން ފުޑްސުޓަފް" ގެ މޮޅު އުފެއްދުމެކެވެ. އެކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ކުންފުންޏެކެވެ.

އަލް ނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމް ގެ ޕެކެޓު އެސްޓީއޯ ސުޕަމާކެޓުން ގަންނަން ލިބޭނެއެވެ. މިއިން ކޮންމެ ސައިޒެއްގެ ކިރުޕެކެޓެއް ބައްލަވައިގަތަސް އަލްނޫރުގެ ލޯގޯ ޖެހި ފެންވަރު ރަނގަޅު ބިއްލޫރު ތަށި ލިބޭނެ ކަމަށް ޝުރުފާ ވިދާޅުވިއެވެ.

އަލްނޫރު ހިކިކިރު 800 ގުރާމުގެ ޕެކެޓެއްގެ އަގަކީ 95 ރުފިޔާއެވެ. 1800 ގުރާމުގެ ޕެކެޓެއްގެ އަގަކީ 102 ރުފިޔާއެވެ. 2250 ގުރާމްގެ ޕެކެޓެއްގެ އަކީ 245 ރުފިޔާއެވެ. މިއަގުތަކަކީ ރީޓެއިލްކޮށް ވިއްކާއަގުތަކެވެ. ކޭހުން ބައްލަވައިގަންނަވާނަމަ، އަލްނޫރު 800 ގުރާމް (12 ޕެކެޓު) ލިބިވަޑައިގަންނަވާނީ  1035ރުފިޔާއަށެވެ. 1800 ގުރާމް (6 ޕެކެޓު) އެގަކީ  1165ރުފިޔާއެވެ. 2250 ގުރާމް (6 ޕެކެޓު) އަގަކީ 1385ރުފިޔާއެވެ. މިކިރު  އެސްޓީއޯ ސުޕަރމާޓުންނާއި ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބިވަޑައިގަންނަވާނެ ކަމަށް ޝުރުފާ ވިދާޅުވިއެވެ.

އަލް ނޫރް ހިކިކިރު ބޭނުންކޮށްގެން ހަދާފައިވާ ބައެއް އެއްޗެހީގެ ރަހަ ދައްކާލުން ވެސް މިއަދު އޮތް.

ޕްރޮމޯޝަނުން ލިބެމުންދާ ރީތި ބިއްލޫރިތައްޓަށް ގިނަބަޔެއްގެ އަދި ހާއްސަކޮށް އަންހެން ބޭފުޅުންގެ ތަރުހީބު ލިބެމުންދާކަމުގައި އެސްޓީއޯ ސުޕަރމާޓުން މައުލޫމާތު ދެއްވިއެވެ. އަލްނޫރު ހިކިކިރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުން މިހާރު ލިބޭނެއެވެ. އަންނަމަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް އަލް ނޫރު ހިކިކިރު ލިބެންހުންނާނެ ކަމަށް ސުޕަމާޓުން ވިދާޅުވިއެވެ.

އަލްނޫރު ހިކިކިރަކީ 2016 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ވިއްކަމުންދާ ކިރެކެވެ.

މިއަދު ފެށި ޕްރޮމޯޝަން ކުރިއަށްދަނީ މިއަހަރުގެ ޑިސެމްބަރުގެ 31 ގެ ނިޔަލަށެވެ. މިދިޔަ އަހަރު ވެސް އަލް ނޫރު ހިކިކިރު ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ވަނީ ބާއްވައިފައެވެ. މި އައަހަރު މި ޕްރޮމޯޝަން ބާއްވަނީ މިދިޔަ އަހަރު ބޭއްވި ޕްރޮމޮޝަނަށް ޢާއްމުންގެ ފަރާތުން ލިބުނު ތަރުޙީބުގެ ބޮޑު ކަމުން ކަމަށް ޝުރުފާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.