އެސްޓީއޯ ބެކް-ޓު-ސްކޫލް ޕްރޮމޯޝަން ފަށައިފި

ސްކޫލް ތަކުގެ ދިރާސީ އައު އަހަރާއި ގުޅުވައިގެން ކުރިޔައްގެންދާ ބެކްޓު ސްކޫލް ޕްރޮމޯޝަން އެސްޓީއޯއިން މިއަދު ފަށައިފިއެވެ.

01 އޮގަސްޓް 2022 އިން 31 އޮގަސްޓް 2022 ގެ ނިޔަލަށް ކުރިޔައްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެއެވެ.

ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ބައްލަވައި ގަންނަފަރާތް ތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕްންއެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެއެވެ. ރީޓެއިލްގެ ތިންވަން ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބިލައްވާނެއެވެ.

ހޯލްސޭލް ގެ ތިންވަނަ ނަސީބުވެރިޔާއަށް ލިބިލައްވާނީ ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެކެވެ. ދެވަނަ ނަސީބުވެރިޔާއަށް ލިބިލައްވާނީ ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝަރ ކުކާރ އެކެވެ. އެއްވަނަ ނަސީބުވެރިޔާއަށް ލިބިލައްވާނީ 327ލ ގެ ޗެސްޓް ފްރީޒާ އެކެވެ.

މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް 1ލީޓަރ ކިރު ޕެކެޓް އަދި  ބައްލަވައި ގަންނަވާ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕް އެއް ލިބިލައްވާނެއެވެ. މި ކަޕް އަކީ ލިމިޓެޑް އެޑިޝްނަން ކަޕް ތަކެއްކަން ފާހަގަ ކޮށްލަމެވެ. އަދި ސްޓޮކް ހުސްވާދެން ކަސްޓަމަރުންނަށް ދޫކުރަމުން ދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.