ބާރކައުންސިލްގެ އިންތިޚާބުގެ ވޯޓް ގުނަން ފަށާނީ 5:30 ގައި

ބާރ ކައުންސިލްގެ އިންތިޚާބުގެ ވޯޓް ގުނަން ފަށާނީ 5:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. މާލެ އާއި އައްޑޫގައި މިއަދު ހެދުނު 9:00 ން ހަވީރު ފަހެއް ޖެހުމާ ހަމައަށް ވޯޓްލުން ކުރިއަށް ދާނެއެވެ. ވޯޓް ގުނާ ނިމުމާއެކު ވަގުތީ ނަތީޖާ އިޢުލާންކުރާނެވެއެވެ. ރަސްމީ ނަތީޖާ އިޢުލާން ކުރެއްވުމަށް ހަމަޖައްސަވައިފައިވަނީ މާދަމާގެ ވަގުތެއްގައައެވެ. 

ބާރ ކައުންސިލްގެ އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1487 ވަކީލުންނެވެ. ތިނެއްޖެހުމާ ހަމައަށް 49 އިންސައްތަ ވަކީލުން ވަނީ ވޯޓްލާފައެވެ. ވޯޓް ލާ މީހުންގެ ޢަދަދު ކޮންމެ ގަޑިއަކު އެއްފަހަރު ވޯޓްލާ މަރުކަޒުގައި އީސީ އިން ގެންދަނީ އިޢުލާން ކުރައްވަމުންނެވެ. އަދި ދެގަނޑިން ދެގަނޑިން ގެންދަނީ ޓްވިޓަރ ވޯޓްލީމީހުންގެ ޢަދަދު ހާމަކުރައްވަމުނެނެވެ.  

މިއަދު ކުރިއަށްދާ ބާރ ކައުންސިލްގެ އިންތީޚާބުގައި، އިންތިޚާބުކުރެވޭނީ ރައީސްއާއި ނާއިބް ރައީސާ ހިންގާ ކޮމެޓީގެ ހަމެމްބަރުންނެވެ. ބާރ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައަވަނީ މަޝްހޫރު ދެ ޤާނޫނީ ވަކީލުންކަމުގައިވާ ކުރީގެ އެޓާނީ ޖެނެރަލް ޙުސްނު ސުޢޫދާއި މައުމޫނު ޙަމީދެވެ. ނައިބު ރައީސްކަމަށް ވާދަކުރައްވަނީ ކުރީގެ އެޓާނީޖެނެރަލް ޢަބްދުﷲ މުޢިއްޒާއި ސިވިލް ކޯޓްގެ ކުރީގެ ޤާޒީ މުޙައްމަދު ޙަލީމެވެ.

ހިނގާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާނީ 18 ބޭފުޅެކެވެ. އޭގެތެރޭގައި ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް، މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު މުޢިއްޒާއި ކުރީގެ މަކުނުދޫ ދާއިރާގެ މެމްބަރ އަނާރާ ނަޢީމް ހިމެނިވަޑައިގަންނަވައެވެ.

ބާރ ކައުންސިލް އެކުލެވިގެން ވަނީ، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ ރައީސަކާއި ނައިބު ރައީސަކާއި ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލުންގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.