އިންތިޚާބު އޮބްޒާވް ކުރަން އީޔޫއަށާއި އޯއިސީއަށް ދައުވަތު ދޭނަން: އީސީ

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން އީޔޫއާއި އޯއިސީއަށް ދައުވާތު ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެންމެ ފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދައުވަތު ދެއްވައިފައި ނުވާކަމަށެވެ.

"އެހެންނަމަވެސް މިފަހަރު އަޅުގަނޑުމެން ދައުވަތު އަރުވާނަން އޯއިސީއަށާއި އީޔޫއަށް،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭގެ އިތުރަށް މިފަހަރުގެ އިންތިޚާބު އޮބްޒާވް ކުރަން 15 ވަރަކަށް ގައުމަށް ދައުވަތު ދެއްވާނެ ކަމަށެވެ. އެ އަދަދަށް ދައުވަތު ދެއްވަނީ އިންތިޚާބު ދެވަނަ ބުރަކަށް ބާއްވަންޖެހިދާނެ ކަމަށް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު އޮބްޒާވް ކުރުމުގެ ފުރުސަތު ހުޅުވައިލުމުން ޖާގަ އޮތް މިންވަރަކުން އިންޓަރނޭޝަނަލް ޖަމިއްޔާތަކަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ އިންތިޚާބު ބާއްވާނެ ތާރީޚި އަދި ފައިނަލް ނުވާކަމަށެވެ. އެހެންނަމަވެސް ތާރީޚުވެސް ވަރަށް އަވަހަށް ފައިނަލް ކުރައްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.