ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނެސްފި

1988 އަވަނަ އަހަރު ނޮވެމްބަރު ތިނެއްގައި ހަތިޔާރުއެޅި ބޭރުގެ ބަޔަކު ގޮވައިގެން ރާއްޖެ އަރައި 19 ދިވެހީން ޝަހީދުކޮށްލުމުގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ މިރޭ މާލޭ ގެނެސްފިއެވެ.

އޭނާ މާލޭ ގެނައީ ޢުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުން ފިލައިގެން އުޅެފައި އަމިއްލައަށް ގޮސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވުމަށްފަހު އެތާގައި ދެމަހެއްހާ ދުވަހު ބެހެއްޓުމަށްފަހުއެވެ.

އޭނާ މާލެ ގެނެސްފައިވަނީ މިރޭ ރާއްޖެއައި އީކޭ 653 ގެ ފުލައިޓުންނެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުންނެވެ. އޭނާ މާލެ ގެނައުމަށްފަހު ފުލުހުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މިރެއިން މިރެއަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އޭނާ ޙަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުންވިދާޅުވިއެވެ. އެއާޕޯޓުން ލުތުފީ ނެރެފައިވަނީ ޢާއްމުން ނިކުންނަ ދޮރުންނެވެ. އެއާޕޯޓުން އޭނާ މާލެ ގެންދިއުމަށްފަހު ކަރެކްޝަނާ ޙަވާލު ކުރަންދެން ބަހައްޓާނީ ޕޮލިސް ހެޑުކުއާޓަރުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.