ސެކިޔުރިޓީގާޑު ބަނުމަށްފަހު މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީން ވައްކަން ކޮށްފި

ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ގާޑު ބަނުމަށްފަހު އިދާރާ އަށްވަދެ ތިޖޫރީން ރޭ ވައްކަން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:30 އެހައިކަންހާއިރު ކަމަށެވެ.

ސެކިޔުރިޓީ ގާޑު ބަނުމަށްފަހު އިދާރާއަށް ވަދެ ތިޖޫރީން ފައިސާ ނަގައިފައިވަނީ ތިޖޫރީ ހަލާކުކޮށްލައިގެންނެވެ. އެހެންނަމަވެސް އޭގައި ހުންނާނީ ވަރަށް މަދު ފައިސާކަމަށް ކައުންސިލް އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަނަށް ވަދެފައިވަނީ ކައުންސިލް އިދާރާގެ ދޮރު ހަލާކުކޮށްލައިގެންނެވެ.

ފުލުހުން ގެންދަވަނީ މިމައްސަލަ ތަޙުޤީޤު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.