އިންޓަރނޭޝަނަލް ފުޑް ސޮލިއުޝަން އޮފީސް ފަޅާލައި ދެލައްކަ ރުފިޔާ ވަގަށް ނަގައިފި

އިންޓަރނޭޝަނަލް ފުޑު ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ތިޖޫރި ފަޅާލައި އޭގައިހުރި ފައިސާތައް މިއަދު ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ މި ކަން ހިންގާފައިވަނީ މިއަދު ހެނދުނު 8:42 އެހައިކަންހާރު އިރު ކަމަށެވެ. އެތަނަށް ވަދެ އެތަނުގެ ތިޖޫރި ހަލާކުކޮށް އޭގައިހުރި 234،923 ރުފިޔާ ވަނީ ނަގައިފައެވެ. އޭގެއިތުރަށް ބައެއް ވަތްގަނޑުތަކުގައި ހުރި ފައިސާ ވެސް ވަނީ ވަގަށް ގެންގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް ވަތްގަނޑުތަކުން ވަގަށް ނަގައިފައިވާ ފައިސާގެ ޢަދަދު އަދި ނޭނގެއެވެ. ފުލުހުން ގެންދަނީ އެ އޮފީހުގައި ޙަރަކާތްތެރިވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.