ބިދޭސީއެއްގެ އަތުން ފޭރުނު ދެމީހަކު ބަންދު ކޮށްފި

ބިދޭސީއެއްގެ އަތުން މިއަދު ހަވީރު ފޭރުނު މައްސަލައެއްގައި ދެ ދިވެހީން ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ފޭރިގެންފައިވަނީ ބިދޭސީ މީހާ މާފަންނު އޭސް ހާޑްވެއާ ކައިރި ހޮޓަލެއްގައި ހުއްޓައެވެ. އޭނާގެ އަތުންވަނީ 2500 ޑޮލަރާއި 5،000 ދިވެހި ރުފިޔާ ފޭރިގެންފައެވެ.

މިމައްސަލާގައި ބަންދު ކޮށްފައިވަނީ ޢުމުރުން 42 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން 42 އަހަރުގެ މީހާ އަތުން 1300 ޑޮލަރު ފެނިފައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެފައިސާއަކީ ފޭރުނު ފައިސާގެ ތެރެއިން ބައެއް ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.