ރެޑު ބޮކްސްގެ އޮފީސް ފަޅާލައި ދެ ތީޖުރީ ވަގަށް ގެންގޮސްފި

މާލޭ އަބަދަށްފެހި މަގުގައި ހުންނަ، ރެޑު ބޮކްސް އޮފީސް ފަޅާލައިގެން އެތަނުގެ ދެ ތިޖޫރީ ވަގަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެމަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:21 އެހައިކަންހާއިރު ކަމަށެވެ.

އެތަނުން ވަގަށް ނަގައިފައިވާ ދެ ތީޖޫރީގެ ތެރެއިން އެއް ތިޖޫރީގައި ހަތަރުހާސް ރުފިޔާ ހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަނެއް ތިޖޫރީގައި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.