އަލިފުށީ ގެއަކުން ވަގަށް ނެގި ފައިސާގެ ބޮޑުބައެއް ހޯދައިފި

ރ. އަތޮޅު އަލިފުށީ ގެއަކުން ރޭ ނަވާރަ ހާސް ރުފިޔާ އާއި އެޕަލް ވޮޗެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ އެތަކެތި ނަގައިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ  ރޭ 20:27 އެހައިކަންހާ އިރުމަކަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ބަންދުކޮށްފައެވެ. ޢުމުރުން 34 އަހަރުގެ އެމީހާ ބަންދު ކޮށްފައިވަނީ ކޯޓުން އަމުރެއް ވެސް ހޯދައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ބަންދުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ މީހާ ބަންދު ކުރުމުގެ އިތުރަށް ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް ވަނީ 13500 ރުފިޔާ ހޯދައިފައެވެ. އަދި އެޕަލް ވޮޗް ވެސް ވަނީ ހޯދައިފައެވެ. އެތަކެތި ފެނިފައިވަނީ މައްސަލާގައި ތުހުމަތު ކުރެވިފައިވާ މީހާ ފައިބަރު މަސައްކަތް ކުރަމުންދާ ތަނުގެ ކައިރީގައި ވަޅުލައިފައި ހުއްޓައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.