މީހެއްގެ އަތުން ފޭރުނު ފޯނެއް ބުރިޖު ދަށުން ހޯދައިފި

ފަރީދީ މަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ރޭ ފޭރިގެންފައިވާ ފޯނެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ އެ ފޯން ހޯދައިފައިވަނީ ސިނަމާލެ ބްރިޖު ދަށުގައި ފޮރުވާފައި އޮއްވައި ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ.

އެ މީހާ އަތުން ފޯނު ފޭރުނު މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ 9:10 އެހައިކަންހާއިރުއެވެ. ސިނަމާލެ ބްރިޖު ދަށުގައި ފޮރުވާފައި އޮތް ފޯނު ފުލުހުންނަށް ފެނިފައިވަނީ މިއަދު ހެނދުނު 9:25 އެހައިކަންހާއިރު އެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ ބައްލަވަމުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.