ސަރުކާރު ބަދަލުވުމުން ވެސް ހުމާމަށް އިންސާފެއް ނުލިބޭ: ޢާއިލާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލާގައި މެރުމަށް ޙުކުމް އިއްވާފައިވާ ޙުސައިން ޙުމާމަށް އެއްވެސް އިންސާފެއް ނުލިބޭ ކަމަށް އޭނާގެ ޢާއިލާއިން ބުނެފިއެވެ.

އާއިލާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަދަލުވުމުމުން ޙުމާމަށް އިންސާފު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ވެސް އެކަށީގެންވާ އިންސާފެއް ހުމާމަށް ނުލިބޭ ކަމަށް ބަޔާނުގައިވެއެވެ.

"ސަރުކާރު ބަދަލު ވުމާގުޅިގެން އަޅުގަނޑުމެން އުންމީދު ކުރީ ޙުމާމަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ލިބޭނެ ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ވެސް އެކަށީގެންވާ އިންސާފު ލިބެމުން ނުދާކަން ފާހަގަކުރަމެވެ."

އެބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ކަމަށް ބެލެވޭ މީހަކު ހުމާމާ ބެހޭ ގޮތުން ވާހަކަދައްކާ އޯޑިއޯއެއްވެސް ލީކުފައި ވާކަމަށެވެ. އެހެން ކަމުން އެކަން ތަޙޫޤީޤު ކުރެއްވުމަށް ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުޢައްސަސާތަކަށް އެބަޔާނުގައިވަނީ ގޮވާލައިފައެވެ. ވީހާއަވަހަކަށް އެ އޯޑިއޯގެ މައްސަލަ ތަޙުޤީޤު ކުރެއްވުމަށާއި ހުމާމާ ބެހޭ ގޮތުން އދ. އިން އަންގަވައިފައިވާ އެންގެވުމަށް ޖަވާބު ދެއްވުމަށް ވެސް އެބަޔާނުގައި ވަނީ ގޮވާލައިފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.