ހުމާމު މަރަން ސުޕްރީމް ކޯޓުންވެސް ތާޢިދުކޮށްފި

T330X218_1013_Humam

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ހެންވޭރު ލޮބީ ހުސައިން ހުމާމުގެ މައްޗަށް ދަށު ކޯޓުން އިއްވި މަރުގެ ހުކުމަށަށް ސްޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.
ދަށު ކޯޓުން ޙުމާމުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހެޅި މައްސަލާގައި ރޭ ސުޕްރީމްކޯޓުންވަނީ އެއީ ނިހާއީ ޙުކުމެއްކަމަށް ކަނޑައަޅައި ޙުކުމް އިއްވާފައެވެ. މިގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހުމާމު މަރަން ކުރި ހުކުމާއި އެ ހުކުމަށް ހައިކޯޓުން ތާއިދުކޮށް އިއްވި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމްކޯޓުން ކުރި ނިހާއީ ޙުކުމުގައި ވެއެވެ. އަދި ދަށުކޯޓުގައި ހުމާމް ކުށަށް ޢިއުތިރާފުވި އިއުތިރާފުވުމަކީ އަމިއްލަ ރުހުމާއި އިހްތިޔާރުގައި ހުރެ ވެފައިވާ އިއުތިރާފެއް ކަމަށް ބަލަންޖެހޭ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ނިންމުގައި ބަޔާންކުރައްވާފައިވެއެވެ.
ސްޕުރީމް ކޯޓުން މިގޮތަށް ނިންމާފައިވާއިރު، ޑރ.އަފްރަޝީމް ޢަލީގެ ވާރިސުން ބުނެފައިވަނީ ހުމާމަށް މަރުގެ އަދަބު ދޭން ބޭނުން ނުވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.