ޓެކްސް ދެއްކުމަށް ތިން ކުންފުންޏެއްގެ މައްޗަށް ޙުކުމް ކޮށްފި

މިރާއަށް ދައްކަންޖެހޭ ޓެކްސްއާއި ޖޫރިމަނާ ދައްކަންޖެހި އެ ނުދައްކައިވާ ތިން ކުންފުންޏަކުން އެފައިސާ ދެކުމަށް ސިވިލްކޯޓުން ޙުކުމް ކުރައްވައިފިއެވެ.

އެކުންފުނިތަކަކީ އައިލެންޑް ސެއިލާސް ޕްރައިވެޓް ލިމިޓެޑް، ޖިޑޯޝާ ޕްރައިވެޓް ލިމިޓެޑު، ފައުނު ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑެވެ. މިފަރާތްތަކަށް ޙުކުމް ކުރެއްވީ ކުންފުނިތަކުގެ ޣައިރު ޙާޒިރުގައި ޖޫން 16 ވަނަ ދުވަހު ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

އައިލެންޑް ސެއިލާސް ގެ މައްޗަށް ޙުކުމް ކުރެއްވީ ހަތަރު ލައްކަ ތިރީސް ތިންހާސް ހަތަރުސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ 4 މަސްތެރޭގައި މީރާއަށް ދައްކައި ޚަލާސް ކުރުމަށެވެ.

ޖިޑޯޝާގެ މައްޗަށް ޙުކުމް ކުރައްވައިފައިވަނީ ފަސް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސް ސަތޭކަ ފަންސާސް ދެ ރުފިޔާ ފަސް މަސް ތެރޭގައި ދައްކައި ޚަލާސް ކުރުމަށެވެ.

ފައުނު ޓްރެވަލްސްގެ މައްޗަށް ޙުކުމް ކުރެއްވީ ސޯޅަހާސް އަށްސަތޭކަ ހަތްދިހަ ޑޮލަރު ތިރީސް އަށް ސެންޓާއި، ސާޅީސް އެއްހާސް އަށްސަތޭކަ ފަންސާސް ރުފިޔާ ދެ މަސްތެރޭގައި ދައްކައި ޚަލާސް ކުރުމަށެވެ.

މިފަދަ އިތުރު މައްސަލަތައް ވެސް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.