ކަޅުފަހަލަފުށީގެ ކުއްޔާއި ޖޫރިމަނާއަށް 22 މިލިއަން ޑޮލަރު ދައްކަންޖެހިޖެ

ކޮޅުމަޑުލު (ތ. އަތޮޅު) ކަޅުފަހަލަފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޖުމުލަ ބާވީސް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތަރު ސަތޭކަ އެގާރަ ޔޫ.އެސް ޑޮލަރު ފަންސާސް ދެ ސެންޓް މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެކޯޓުން މި ހުކުމް ކުރެއްވީ މާރިޗުމަހު 28 ދުވަހު ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ. އެ ފައިސާ ދެއްކުމަށް ކޯޓުން އަމުރުކޮށްފައިވަނީ އޭޝިއާ ރިސޯރޓްސް ޕްރައިވެޓް ލިމިޓެޑަށެވެ. ފައިސާ ދައްކައި ޚަލާސް ކުރުމަށް އެކުންފުންޏަށް ދީފައިވަނީ ތިން މަހެވެ.

މި ހުކުމް މިގޮތަށް އައިސްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި އޭޝިއާ ރިސޯރޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ލީސް އެގްރީމަންޓްގެ ދަށުން އެކުފުންފުނިން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އާއި އިންޓްރެސްޓް ހޯދުމަށް މީރާއިން ކޯޓުގައި ދައުވާ ކުރުމުންނެވެ.

މީރާއަށް ފައިސާ ދައްކަންޖެހިފައި ނުދައްކައިވާ ފަރާތްތައް ގޮވައިގެން ކޯޓަށް ގިސް ކޯޓުމަރުހަލާގެ ތެރެއިން އެފައިސާ ހޯދުމަށް މީރާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.