މީރާއަށް ޝާހިދު ދައްކަންޖެހޭ އެއްލައްކަ ޑޮލަރު ދެއްކުމަށް ޙުކުމް ކުރައްވައިފި

ބ. މާފަރުކިޔާ ފަޅާއި، އެފަޅު ކައިރީގައި އޮންނަ ތަކަންދޫ ކިޔާ ފަޅުރަށަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ގ. ސީވޭވް މުޙައްމަދު ޝާހިދުގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

އެ ފައިސާ ދެއްކުމަށް ކޯޓުން ޙުކުމް ކުރެއްވީ އެ ފަޅާއި ފަޅާއި ފަޅުރަށް ކުއްޔަށް ހިފުމަށް މިނިސްޓްރީއޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި މުޙައްމަދު ޝާހިދުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކައިގެންނެވެ.

ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޝާހިދު ދައްކަންޖެހެނީ  އެއްލައްކަ ފަންސާސް ދެ ހާސް ސާޅީސް ހަ ޑޮލަރު ސާޅީސް ތިން ސެންޓެވެ. އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އޭނާއަށް ދެއްވާފައިވަނީ އަށް މަސް ދުވަސް ކަމަށް މީރާއިން ވިދާޅުވެފައިވެއެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާތައް ނުދައްކާ ފަރާތްތަކާ ދެކޮޅަށް އެތަނުން ގެންދަނީ ދަޢުވާކޮށް ދައުލަތަށް ލިބެންވާ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯއްދަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.