ދައުލަތް ހިންގުމުގެ ނިޒާމަށް ބުރޫ އަރާނޭފަދަ ކަންކަމުން ދުރުވެތިބުމަށް މުއައްސަސާތަކަށް ރައީސުލްޖުމުހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫ އަރާނެފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައިސުލްޖުމުހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ. އަދި ދައުލަތުގެ ދައުލަތުގެ އެންމެހާ ބާރުތަކާއި ހރިހައި މުއައްސަސަތަކުން ގާނޫނު އަސާސީއަށާއި ގާނޫނުގެ ހަމަތަކަށް އިހްތިރާމު ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައެވެ.

މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދަކީ ޢަދުލު އިންސާފުގެ ދާއިރާ ހަރުދަަނާ ކުރުން ކަމަށާއި އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަން އެ ބަޔާނުގައި ފާހަަގަކުރައްވާފައިވެއެވެ. ގާނޫނު އަސާސީ ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައގިަންނަވާ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރައްވާނޭ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވަައެވެ." ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނުއަސާއީއިން އެކަށައަޅާފައިވާ މުއައްސަސާކަމަށާއި އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި "ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ."

jޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރައްވުމުން ސުޕްރީމް ކޯޓުން ވަނީ އޭނާގެ ސަސްޕެންޝަން ފަސްކުރުމަށް އަމުރުކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޖޭއެސްސީ އިން ވަނީ އެ ކޮމިޝަނުގެ ނިންމުން ދެމިއޮތް ކަމަށް ނިންމަވާފައެވެ. އެ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުއްވި އަމުރުގައި ވިދާޅުވީ ކޯޓުގެ ތަކުގެ ނިންމުން ޞައްޙަ ކަމާމެދު ގޮތް ނިންމުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެން ނުވާކަމަށެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.