މިސަރުކާރު އައިފަހުން މުޅިން އަލަށް ނަވާރަ ރިސޯޓު ހުޅުވިއްޖެ: ރައީސް

މިސަރުކާރު އައިފަހުން ރާއްޖޭގައި މުޅިން އަލަށް ނަވާރަ ރިސޯޓާއި ޔޮޓުމެރީނާއެއް ހުޅުވިއްޖެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް  ފާހަގަކުރުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި  ބޭއްވި ޚާއްސަ ރަސްމިއްޔާތުގައ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު އެކަން ފާހަގަ ކުރެއްވީ  މިސަރުކާރު ވެރިކަމަށް އައިފަހުން މިހާތަނަށް ފަތުވެރިކަމުގެ ދާއިރާއަށް ގެނެވުނު ބައެއް ކުރިއެރުންތަކާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުރިމަގު، ކިތަންމެ އުޖާލާކޮށް ފެނުނު ނަމަވެސް އެ ޞިނާޢަތު އިތުރަށް ތަރައްޤީކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.ފަތުރުވެރިކަމަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށާއި އޭގެތެރޭގައި ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމްގެ ނުރައްކާވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކުރުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.