ޖުޑިޝަރީ ކޮމެޓީގެ ޖޭއެސްސީއާ ގުޅޭ މަސައްކަތްތަކުގައި ޙިސާނަށް ބައިވެރި ނުވެވޭނެކަމަށް ނިންމައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އާ ގުޅޭ މަސައްކަތްތައް ޖުޑިޝަރީ ކޮމެޓީގައި ހިނގާއިރު އެބައްދަލުވުންތަކުގެ ކޮމެޓީ މެމްބަރ ޙިސާން ޙުސއިނަށް ބައިވެރި ނުވެވޭނެކަމަށް ކޮމެޓީން ނިންމައިފިއެވެ. މި ގޮތަށް ކޮމެޓީން ނިންމަވައިފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން އަކީ ޖޭ.އެސް.ސީގައި ރައްޔިތުންގެ މަޖިލީސް ތަމްސީލް ކުރައްވާ މެމްބަރ ކަމަށް ވުމުން އެ މެމްބަރ އިންނަވައިގެން އެ ކޮމިޝަންގެ މަސައްކަތްކުރެއްވުމަކީ މަސްލަހަތު ފުށު އަރާކަމެއްކަމަށް ވުމުންނެވެ.

މިއަދު ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރ ޙަސަން ލަތީފެވެ. ޙިސާންގެ މައްސަލައިގައި ބަހުސް ކުރައްވަން ފެށްޓެވުމުން، މެމްބަރުން ނިންމަވާ ކޮންމެ ގޮތަކަށްވެސް އިޙްތިރާމް ކުރައްވާނެކަމަށް ވިދާޅުވެ އޭނާ ބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ.

ޖޭ.އެސް.ސީއާ ގުޅުން ހުރި މަސައްކަތްތައް ފިޔަވައި އެހެން ހުރިހާ ކަމެއްގައި ޙިސާންނަށް ބައިވެރި ވެވޭނެކަމަށް ވަނީ ނިންމަވައިފއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.