ހިތަދޫ އެޕޯލޯ ފިހާރައިގެ ތިޖޫރީ ވަގަށް ނަގައިފި

އައްޑޫ ސިޓީ ހިތަދޫ އެޕޯލޯ ފިހާރައިގެ ތަޅު ހަލާކުކޮށްގެން އެތަނަށް ވަދެ ފިހާރައިގެ ތުޖޫރީ ވަގަށްނަގައިފިއެވެ.

ފުލުހުން ވިދާޅުވީ ފިހާރައިގެ އޮފީސްބައިގައި ބަހައްޓާފައިހުރި ތިޖޫރި ވަގަށަނަގައިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަށް ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:22 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ތިޖޫރި ވަގަށްނެގިއިރު އޭގައި 1200 ޑޮލަރާއި 27،704 ރުފިޔާ ހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން މިހާރު ވަނީ ތިޖޫރި ހޯދައިފައެވެ. ތިޖޫރި ފެނުނީ ކޮންތަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފެނުނުއިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ. މިމައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. މައްސަލައިގެ ތަޙުގީގު މަރުހަލާ މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.