އިމިގްރޭޝަންގެ އޮފީހެއް ދިއްދޫގައި ހުޅުވައިފި

އިމިގްރޭޝަންގެ އޮފީހެއް ހއ. ދިއްދޫގައި މިއަދު ހުޅުވައިފިއެވެ. އެ އޮފީސް މިއަދު ހުޅުވައި ވަނީ ޚިދުމަތް ވެސް ދޭން ފަށައިފައެވެ.

މި އޮފީސް ހުޅުއްވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސެއިން (ހަނަފީ) އާއި  ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރ ޢަބްދުﷲ ވަޙީދެވެ.

މި އޮފީސް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހެޅުމާއި ދޫކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. އެ އޮފީހުން ދޫކުރި ފުރަތަމަ ޕާސްޕޯޓު ވެސް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ވެރިފަރާތަށް ދޫކޮށްފައި ކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. އެ ޕާސްޕޯޓު ހަވާލު ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު އަޙުމަދު ޙުސެއިނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.