އެޗުއާރުއެޗުގައި އޯރތޯ ސާޖިކަލް ކޭމްޕެއް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި އޯރތޯ ސަރޖިކަލް ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕް ފަށައިފައިވަނީ އިއްޔެގައެވެ. ކޭމްޕް ނިމޭނީ ޖޫން 2 ގައެވެ. މިއީ އައިޖީއެމްއެޗުގެ ކަށީގެ ޑިޕާޓުމެންޓާއި ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އެޗުއާރުއެޗު ގުޅިގެން ބާއްވާ ކޭމްޕެކެވެ.

މި ކޭމްޕުގައި ހިމެނޭ ޑޮކްޓަރުންގެ ޓީމަކީ ޑރ. ޢަލީ މުޒުނީ، ޑރ. ޙުސައިން ފައިސަލް، ޑރ. މުޙައްމަދު ޙަބީބު، ޑރ. އަޙުމަދު ޢާޒިމް ޢަބްދުއްޝަކޫރު، ޑރ. ޙާޒިމް ޢާދިލް، ޑރ. ރާފިކު ޙުސައިން، ޑރ. އަންޖަން ޗަކްރަބަޓީ، ޢަބްދުﷲ ރާފިޢު އެވެ. މީގެ އިތުރަށް އެޗުއާރުއެޗުގެ އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުން ވެސް ހިމެނެއެވެ.

މި ކޭމްޕުގައި އިއްޔެވަނީ ދެމީހެއްގެ ފައިގެ ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މިއަދު ހުކުރުގެ ކުރިންވެސް ވަނީ މިފަދަ އޮޕަރޭޝަނެއް ކޮށްފައެވެ. ހުކުރަށްފަހު މީހެއްގެ ފައިގެ އުކުޅުވަޅުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ އަތޮޅުތެރޭ ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރާ ފުރަތަމަ ފަހަރެވެ.

މާދަމާ ވެސް ކަކުލުހުޅު ބަދަލު ކުރުމުގެ ދެ އޮޕަރޭޝަނެއް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ވެސް އެޗުއާރުއެޗުގައި ވަނީ ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.