ތޫނު އެއްޗަކުން ޙަމަލާދީ ދެމީހަކު ޒަޚަމް ކޮށްލައިފި

މާލެ އަތޮޅު ދިއްފުށީގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ޙަމަލާދީ ދެމީހަކު ޒަޚަމް ކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މީޙާދިސާގެ މަޢޫލޫމާތު ލިބިފައިވަނީ މިރޭ 7:30 ގައި ކަމަށެވެ. މި ދެ މީހުންނަށް އެރަށުގެ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އެކަކުވަނީ ދޫކޮށްލައިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނެއް މީހާއަށް އިތުރުފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެނެސްފައެވެ.

މި މާރާމާރީގައި އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ. އަދި އެއްވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ. އަދި މާރާމާރީ ހިންގި ސަބަބެއް ވެސް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.