ތުއްތު ކުއްޖާ ސަލާމަތް ކުރަން ކުރެވެންހުރި ހުރިހާ ކަމެއްކުރިން: އެޗުއާރުއެޗު

މިމަހު 19 ވަނަ ދުވަހު ހެނދުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި އޮޕަރޭޝަން ކޮށްފައި ނެގި ހަތްމަހުގެ ކުއްޖާ ސަލާމަތް ކުރުމަށް ކުރަން ޖެހުނު ހުރިހާކަމެއް ކުރި ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެޗުއާރުއެޗުގެ ޑިރެކްޓަރ ޝާހު ސަޢީދު ވިދާޅުވީ ދުވަސް ނުފުރާ ވިހާ ކުދިން އެންމެ ރަނގަޅަށް މެނޭޖު ކުރެވޭނީ ޓާޝަރީ ހޮސްޕިޓަލެއްގައި ކަމުން އެފަދަ ކުދިން އަބަދުވެސް އެޗުއާރުއެޗުން ފޮނުވަނީ އައިޖީއެމްއެޗަށް ކަމަށެވެ.

"ނިއޯނެޓަލް ވެންޓިލޭޓަރެއް ހުރި ނަމަވެސް މިކަން މިގޮތަށް ކުރުން އެންމެ ރަނގަޅީ. ނިއޯނޭޓަލްވެންޓިލޭޓަރެއް ނެތް ކަމުގައި ވިޔަސް ތުއްތު ދަރިފުޅު އިންޓިއުބޭޓު ކުރެވިފައި އެމްބު ބޭގެއްގެ އެހީގައި (މާލެ) ފުރުވާލެވުނު. ތުއްތު ކުއްޖާ ސަލާމަތް ކުރުމަށް ހޮސްޕިޓަލުން ކުރެވެންހުރި ހުރިހާ ކަމެއް ކުރެވެނު،" ޝާހު ވިދާޅުވިއެވެ. އެހެންނަމަވެސް  ދަރިފުޅު ނިޔާވުމަކީ ހޮސްޕިޓަލުން ވެސް ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޚިދުމަތް ފުޅާ ކުރުމަށް ހޯދަންޖެހޭ އިކްވިޕްމެންޓްތައް ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ތުއްތު ދަރިފުޅު ނިޔާވި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.