ފުވައްމުލަކުގައި ބޭއްވި ފެނަކަ ޢާއިލީ ޤުރުއާން މުބާރާތުގެ އެއްވަނަ ތަނާލް ހޯދައިފި

ރޯދަމަހަށް ޚާއްސަކޮށްގެން ފުވައްމުލަކު ސިޓީގައި ފެނަކައިން ބޭއްވި އެކުންފުނީގެ ޢާއިލީ ޤުރުއާން މުބާރާތުގެ އެއްވަނަ ފުވައްމުލަކު ސިޓީ ޑޭލައިޓުވިލާ، ޢާއިޝަތު ތަނާލް ރިފްޢަތު ހޯދައިފިއެވެ. އެއްވަނަ ހޯދުމުން އޭނާއަށް ވަނީ 5000 ރުފިޔާއި، ޓްރޮފީއާއި، ހަނދާނީ ލިޔުން ލިބިފައެވެ.

ދެވަނަ ހޯދީ ފުވައްމުލަކު ސިޓީ، ނަސީބު، މިޒްޔަން އިބްރާހީމް މުއީން އެވެ. އިނާމަކަށް އޭނާއަށް ވަނީ 2500 ރުފިޔާއި ހަނދާނީ ލިޔުން ލިބިފައެވެ. ތިންވަނަ ހޯދި ހ. ފަހަލަ، އާމިނަތު އައިނީ އަޙުމަދަށް އިނާމަކަށް ލިބިފައިވަނީ 1500 ރުފިޔާއި ހަނދާނީ ލިޔުމެވެ.

މި ކުދިންނަށް އިނާމްތައް ޙަވާލުކޮށްދެއްވީ ފުވައްމުލަކު ސިޓީ މޭޔަރ ޢަބްދުﷲ ފަލާޙު ޝަރީފެވެ. އިނާމް ދިނުމުގެ ރަސްމިއްޔާތު އޮތީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ރޭގައެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ ފެނަކަ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތެ މީހުންނެވެ.  މިމުބާރާތް ކުރިއަށް ގެންދަނީ 6 ސަރަހައްދެއްގައެވެ. އެސަރަޙައްދެއްގައި ބާއްވާ މުބާރާތް ނިމުމުން އެތަނެއްގައި އެމުބާރާތުގެ ނަތީޖާ ފާޅުކުރާނެއެވެ. ފުވައްމުލަކުގެ އިތުރަށް މާލެ ސަރަހައްދާއި، އޭދުފުށީގެ މުބާރާތުގެ ނަތީޖާވަނީ ފާޅުކޮށް އިނާމް ދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.