ބޭނުންވާނެ ބާވަތްތައް:
½ ޖޯޑު ފެން
¼ ޖޯޑު ބަޓަރު
1 ޖޯޑު ފުށް
2 ކުކުޅު ބިސް
½ ސައިސަމުސާ ލޮނު
ފިލިން އަށް ބޭނުންވާނެ ބާވަތްތައް:
1 ޖޯޑު ލެމަން ކަރޑް (ލެމަން ކަރޑް ތައްޔާރުކުރާނެ ގޮތް މި ލިންކުގައި)
1 ½ ޖޯޑު ވިޕްޑް ޓޮޕިންގ
ލުނބޯ ފަޅިއެއްގެ ތޮށި، ގާނާފައި
ތައްޔާރުކުރާނެ ގޮތް:
180 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރާށެވެ.
ހޫނު މިން މެދުމިނުގައި ބަހައްޓައިގެން ފެނާއި ބަޓަރު އަދި ލޮނު ކައްކާށެވެ. ދެން ހަލުވަމުން ފުށް އެއްކުރާށެެވެ. ފުށްގަނޑު އެކުވުމުން ފުން ތަށްޓަކަށް އަޅައި ހޭންޑް މިކްސަރުން މިނެޓެއް ވަރު މޮޑެ، ހިހޫ ވާން ފެށުމުން ފަހަރަކު ބިހެއް އަޅައި އޮލަވެ، ކްރީމަށްވަންދެން މޮޑޭށެވެ.
ދެން ފުށް ސަމުސަލަކުން ފުށްގަނޑު ނަގައި ބޭކިން ޝީޓުގެ މަތީގައި އަތުރަމުންދާށެވެ. އަތުރާ އިރު ދެ ތިން އިންޗި ވަރު ދުރުދުރުގައި އަތުރާށެވެ. ދެން އަވަނަށް ލައި 20 މިނެޓު ވަންދެން ފިހެލާށެވެ.
އަވަނުން ނަގައި ތޫނު ވަޅިއަކުން ކޮންމެ ޕަފެއްގެ އަރިމަތިން ކަފައިލާށެވެ.
ފިލިންގ ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ ބާވަތްތައް އެއްކުރުމަށްފަހު ޕައިޕިން ބޭގަކަށް އަޅާށެވެ. އަދި ޕަފް މުޅިން ހިހޫ ވުމުން ޕަފްގެ ތެރެއަށް ފިލިންގ ޕައިޕްކުރާށެވެ. ދެން ކުޑައިރުކޮޅަކަށް ފްރިޖުގައި ބަހައްޓައިލާށެވެ.
ކާން ނަގަންވީމާ މައްޗަށް އައިސިން ހަކުރުކޮޅެއް ބުރުވާލާށެވެ.