ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަޝްވަރާ ކުރިއަށްދާނީ ވަރަށްބޮޑަށް ހުޅުވާލެވިގެން: އީސީ

އީސީގެ މެންބަރު އަހުމަދު އަކުރަމް

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް މިރޭ 9:30 ގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީން ވިދާޅުވީ ބައްދަލުވުން އޮންނާނީ އިންތިޚާބާބެހޭ މަރުކަޒުގައި ކަމަށެވެ.

އީސީގެ މެމްބަރ އަދި ތަރުޖަމާން އަޙުމަދު އަކުރަމް ވިދާޅުވީ މި މަޝްވަރާތައް ކުރިއަށް ގެންދާނީ ސިލްސިލާ ބައްދަލުވުންތަކެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ބާއްވާނީ ކިތައް ބައްދަލުވުންތޯއާއި ބައްދަލުވުން ބާއްވާނެ ދުވަސްތަކާއި ތަން މިރޭގެ ބައްދަލުވުމުގައި ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އީސީން ގެންނަން ބޭނުންވާ އިސްލާޙު ތަކުގެ ސުރުޚީތައް މިރޭގެ ބައްދަލުވުމުގައި ހުށަހަޅުއްވާނެ ކަމަށެވެ. އެއަށް މަޝްވަރާ ކުރުމަށްފަހު ސިޔާސީ ޕާޓީތަކުންނާއި އެންޖީއޯ ތަކުން ވެސް ބޭނުންވާ އިސްލާޙު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ވަރަށް ބޮޑަށް ހުޅުވިގެން ބާއްވާ ބައްދަލުވުންތަކެއްމީ. އެއްވެސް ކަމެއް ބަންދުވެފައެއް ނޯންނާނެ. ކޮމިޝަނުން ވިސްނާފައިވާ ކަންކަން ޕޮއިންޓްތަކުގެ ގޮތުގައި މިރޭ ކިޔާލަދޭނަން. ކުރިއަށްހުރި ބައްދަލުވުންތަކުގައި އޭގެ ތަފްސީލް ވެސް ދޭނަން. ދީނީމައި އެންމެންގެ މަޝްވަރާގެ މަތީން އެކަންކަން އިސްލާޙު ކުރަންވީ،" އަކުރަމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އިލެކްޝަންގެ ގާނޫނު އިސްލާހުކުރަންޖެހޭކަން މިދިޔައީ މަޖިލިސް އިންތިޚާބުން ވަނީ ޔަގީންވެފައި. ކުރިޔަށް އޮތް މަޖިލިހަށް މެމްބަރުން ހޮވިފައިވާގޮތުން ރައްޔިތުންގެ މެޖޯރިޓީގެ ބަހެއް ނެތި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލުގެނެސް ފާސްކުރެވިދާނެ. އެކަންވަނީ ވަރައްނުރައްކާކަމަކަށް. ފާސްކުރާ ގާނޫނެއްގެ ސަބަބުން ރައްޔިތުން އެގާނު ބަލައިނުގަތުމަކީ ވެދާނެކަމެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.