ބޭނުންވާނެ ތަކެތި:
½ އިންޗި އިނގުރު
2 ތޮޅި މިރުސް
250 ގުރާމު ފަރު މަސް
1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް
2 ފިޔާ، ކުދިކޮށް ކޮށާފައި
2 ކުކުޅު ބިސް
ޕާން ކުނޑި
ފުށް
އޮލިވް އޮއިލް
ތައްޔަރުކުރާނެ ގޮތް:
މިރުހާއި އިނގުރުކޮޅު ހިމުންކޮށް ފުނޑާލާށެވެ.
ދެން ފުނޑުކޮށްފައި ހުރި މަހުގެ ތެރެއަށް އަޅާށެވެ. އަދި ފިޔަ އާއި ކޮތަނބިރި ފަތްކޮޅު ވެސް އެއްކުރުމަށްފަހު ، ބިހާއި 4 ސަމުސާ ޕާންކުނޑި އަޅައިގެން މޮޑޭށެވެ.
މަސްގަނޑު މޮޑެވުމުން 6 ބަޔަށް ބަހައިލާށެވެ. އަދި ޓްރޭއެއްގައި އެތުރުމަށްފަހު 20 މިނެޓުވަންދެން އައިސް އަލަމާރީގައި ބަހައްޓާށެވެ.
180 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ.
1 ސަމުސާ ފެން އަޅައިގެން ބާކީ ހުރި ބިސް ގިރާށެވެ. ދެން ފުށާއި ޕާން ކުނޑި ތިލަ ތަށްޓަށް އަޅާށެވެ.
އައިސް އަލަމާރީގައި ހުރި ކޭކު ނަގައި ހިކި ފުށް ބޭރުގައި ހޭކުމަށްފަހު ގިރާފައި ހުރި ބިހުގެ ތެރެއަށް ގަންބާލުމަށްފަހު ބޭރުގައި ޕާން ކުނޑި އުނގުޅާށެވެ.
ތެޔޮ ފޮދު ހޫނުކުރުމަށްފަހު 2 މިނެޓު ނުވަތަ 3 މިނެޓު ވަންދެން ކޭކު ތެލުލާށެވެ. ދެން 10 މިނެޓު ވަންދެން އަވަނުގައި ފިހާށެވެ.
ސަލަޑަކާއެކު ސާވް ކުރެވިދާނެއެވެ.