އާފަތިސް ބަދިގެ: ޕީޗް ކްރީމް ޕައި

ބޭނުންވާެނެ ބާވަތްތައް:

225 ގުރާމް އަންސޯލްޓެޑް ބަޓަރ

500 ގުރާމް ފުށް

100 ގުރާމް އައިސިން ޝުގަރ

4 ކުކުޅު ބިސް

175 މިލިލީޓަރު ސްކިމްޑް މިލްކް

1 ސައި ސަމުސާ ވެނީލާ

1 މޭޒުމަތީ ސަމުސާ ޒުވާރި ފުށް

275 ގުރާމް ހަކުރު

4 ދަޅު ޕީޗް

ތައްޔާރުކުރާނެ ގޮތް:

400 ގުރާމު ފުށް 200 ގުރާމު ބަޓަރާ އެކު އެއްކުރުމަށްފަހު މޮޑެލާށެވެ.

އޭގެތެރެއަށް އައިސިން ޝުގަރ އާއި ދެ ބިހާއި ކިރު އެއްކޮށް، ފުށްގަނޑު ރަނގަޅަށް މޮޑެވެމުން ފިނިކުރަން ފްރިޖަށް ލާށެވެ. ވިހި މިނެޓު ތެރޭގައި ފިނިވާނެއެވެ.

180 ޑިގްރީ އަށް އަވަން ހޫނު ކުރުމަށްފަހު 30 ސެންޓީމީޓަރުގެ ޕައި ޓްރޭއެއްގައި ބަޓަރު އުނގުޅާށެވެ.

ފުށްގަނޑު އައިސް އަލަމާރިން ނަގައި 40 ސެންޓިމީޓަރު ހުންނަވަރަށް ވަށްބުރަށް ދަމައިލާށެވެ. ދެން ޓްރޭގެ ތެރޭގައި ބާއްވާށެވެ. ދެން އުލަކުން ނުވަތަ ޓޫތު ޕިކަކުންް ކުދި ކުދި ލޯވަޅު އަޅާށެވެ. ދެން އަވަނަށް ލައި 10 މިނެޓު ނުވަތަ 15 މިނެޓު ފިހެލާށެވެ.

ކަސްޓަރޑް ތައްޔާރު ކުރުމަށް، ބާކީ ހުރި ބިސް ވެނީލާ އެސެންސާއި، ޒުވާރި ފުށާއި ކިރު އަދި ޔޯގަޓާއި އެއްކުރާށެވެ. ދެން އޭގެ ތެރެއަށް ހަކުރާއި ފުށާއި ކުޑަ ލޮނު ކޮޅެއް ލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

ދެން ޕީޗު ފަށަލައެއް ޓާޓު ޓްރޭގައި އަތުރާލާށެވެ. އަދި އޭގެ މައްޗަށް ކަސްޓަރޑް އޮއްސާލާށެވެ. ސަމުސަލަކުން މަތި އެއްވަރު ކުރުމަށްފަހު އަވަނުގައި 40 މިނެޓުވަންދެން ފިހެލާށެެވެ.

ޓޮޕިން ތައްޔާރުކުރުމަށް ބާކީ ހުރި 25 ގުރާމު ބަޓަރާއި، ފުށް ރަނގަޅަށް އެއްކުރުމަށްފަހު ބާކީ ހުރި ހަކުރު އަޅައިގެން މޮޑެލާށެވެ.

ޕައިގެ މައްޗަށް ޓޮޕިން އަޅައި އިތުރު 15 މިނެޓު ފިހެލާށެވެ. ރަނގަޅަށް ހިހޫ ވުމުން މައްޗަށް އައިސިން ފުރާނާލާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.