އެކްސިޑެންޓެއްގައި މީހެއްގެ ބޮލަށް ސީރިއަސް އަނިޔާ ވެއްޖެ

މިއަދު އިރު އިރުއޮއްސި 6:31 އެހައިކަންހާއިރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޮލަށް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓު ހިނގީ ދެ ސައިކަލް ޖެހިގެން ކަމަށެވެ. ދަރުބާރުގެ ކައިރީގައި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލް ދުއްވީ 22  އަހަރުގެ ޒުވާނެކެވެ. ސީރިއަސް އަނިޔާ ލިބިފައިވަނީ އޭނާގެ ބޮލަށެވެ. އޭނާގެ ފަހަތުގައި އިން 8 އަހަރުގެ ކުއްޖާގެ ޙާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނެއް ސައިކަލް ދުއްވީ 23 އަހަރުގެ ޒުވާނެކެވެ. އޭނާގެ ޙާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދެމީހުންނަކީ ވެސް ލައިސަންސް އޮންނަ ދެމީހުންނެވެ. އަނިޔާ ލިބުނު ޒުވާނާއަށް އައިޖީއެމްއެޗުގައި ގެންދަނީ ފަރުވާ ދެމުންނެވެ.

މިއެކްސިޑެންޓާ ބެހޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.