އާފަތިސް ބަދިގެ: އަލަނާސި ކާށި ކޭކު

ބޭނުންވާނެ ބާވަތްތައް:

1 ޖޯޑު ތާޒާ އަލަނާސި

1 ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު

2 ކުކުޅު ބިސް

1 ޖޯޑު ސަވަރ ކްރީމް

1 ޖޯޑު ސެލްފް ރެއިޒިން ފުށް

¼ ސައިސަމުސާ ބޭކިން ސޮޑާ

1 ½ ޖޯޑު ކާށި ހުނި (ހިއްކާފައި)

2 މޭޒުމަތީ ސަމުސާ އައިސިން ޝުގަރ

ތައްޔާރުކުރާނެ ގޮތް:

180 ޑިގްރީ އަށް އަވަން ހޫނު ކުރާށެވެ.

އަލަނާސި ސާފުކޮށް، ކުދިކޮށް ކޮށައިލާށެވެ.

ބަޓަރާއި ހަކުރު އެއްކުރާށެވެ. ހަކުރު ރަނގަޅަށް ވިރުމުން ބިސް އަޅައި ގިރާލުމަށްފަހު ސަވަރ ކްރީމް އަޅައިގެން އެއްކުރާށެވެ.

ފުށާއި ބޭކިން ސޮޑާ އާއި ލޮނުކޮޅެއް ބަޓަރުގެ ތެރެއަށް މަޑުމަޑުން އެއްކުރާށެވެ. ފުށާއި ބަޓަރު އެކުވުމުން ކާށްޓާއި އަލަނާސި އަޅާށެވެ.

18 ސެންޓިމީޓަރުގެ ޓްރޭއަކަށް ކޭކު ފުށްގަނޑު ހުސްކުރުމަށްފަހު1 ގަޑިއިރު ނުވަަތަ އެއްގަޑި އިރާއި ފަނަރަ މިނެޓް ވަންދެން ފިހޭށެވެ.

އަވަނުން ނެގުމަށްފަހު ހިހޫ ކުރަން ޓްރޭއާއެކު އިރުކޮޅަު ބެހެއްޓުމަށްފަހު ނަރުގަނޑެއްގެ މައްޗަށް ފުށުން ޖަހާށެވެ. ދެން ކޭކުގެ މައްޗަށް އައިސިން ޝުގަރ ފުރާާނާލާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.