ބުރަސަލްގެ ސީފުޑު އެކްސްޕޯގައި މިފްކޯއިން ބައިވެރިވެއްޖެ

ބެލްޖިއަމްގެ ބުރަސަލްސްގައި މިމަހު 7 އިން 9 އަށް ބޭއްވި ސީފުޑު އެކްސްޕޯގައޮ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ.

މިއީ ދުނިޔޭގައި ބާއްވާ އެންމެބޮޑު ސީފުޑް އެކްސްޕޯއެވެ. މި އެކްސްޕޯ ނުވަތަ ފެއާގައި މިފްކޯގެ ފަރާތުން ބައިވެރިވެ ވަޑައިންނެވި ޓީމުގައި އިސްކޮށް ހުންނެވީ ސީއީއޯ އިސްމާޢީލް ފައުޒީ އެވެ. މިފްކޯގެ އިތުރަށް އެހެން 11 ކުންފުންޏަކުން ވެސް މިފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެއެވެ.

މި އެކްސްޕޯގައި މަހުގެ ވިޔަފާރި ފުޅާކޮށް އިސްތިހާރު ކުރުމާއި ވަސީލަތްތައް އެހެން ޤައުމުތަކަށް އިސްތިހާރު ކުރުން އޮންނާނެއެވެ. ބަޔަރުން ހޯދައި މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުހޯދުމަށް ވެސް މަސައްކަތް ކުރައްވާނެއެވެ.

މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވެފައިވަނީ ރާއްޖޭގެ މަހުގެ އުފެއްދުންތައް މިހާރަށްވުރެ ބޮޑަށް މާކެޓުކޮށް ހަމަ އަގު ހޯދުމަށް މިފަދަ ފެއާތަކުގައި ބައިވެރިވެގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމުގެ އެދެވޭ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބުރަސަލްސްގައި ކުރިއަށްދާ ފެއާގައި ދުނިޔޭގެ އެކި ހިސާބުތަކުން ނަވާރަސަތޭކައަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.