މިފަހަރު ވެސް ހަނާކުރިމަހާއި ކުޅިމަސް ލިބެން ހުންނާނެ: މިފްކޯ

މިފްކޯއަކީ ކޮންމެ ރޯދަމަހަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތައް ބާޒާރަށް ނެރޭ ކުންފުންޏެވެ. މިފަހަރު އެންމެ ޚާއްސަ އެއްޗެއްގެ ގޮތުގައި ބާޒާރަށް ނެރުއްވީ ތުތިބޯވަ ދިލަމަހެވެ.

އެ ބާޒާރަށް ނެރެފައިވަނީ ސާފުކުރުމަށްފަހު ޕެކެޓުކޮށްފައެވެ. އޭގެ އިތުރަށް މިފަހަރުވެސް ހަނާކުރަން ތައްޔާރު ކޮށްފައިވާ މަހާއި، ކުޅިމަސް ހެދުމަށް ތައްޔާރުކޮށްފައިވާ މަހާއި އަދިވެސް ބައެއް ވައްޔަރު ވަނީ ނެރެފައެވެ. އެތަކެތި ހުންނަނީ އެއަށް އަޅަން ބޭނުންވާ ހުރިހާއެއްޗެއް އެޅުމަށްފަހު ހަމައެކަނި ކައްކާލަން ޖެހޭ ވަރަށް ތައްޔާރު ކޮށްފައެވެ. "އެއަށް ހުންނާނީ ލޮނުވެސް ލާފައި،" މިފްކޯއިން ވިދާޅުވިއެވެ.

މިއީ ކުރިން ވެސް ޢާއްމުންގެ މެދުގައި ވަރަށް މަޤުބޫލުކަން ހޯދައިފައިވާ ބާއްވަތްތަކެވެ. އަވަދިނެތި އުޅޭ މީހުންނަށް ޚާއްސަކޮށް ތައްޔާރު ކޮށްފައި މި ސާމާނަކީ ކުރިން ވެސް މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ހިނގާ އެއްބާވަތެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.