މޯލްޑިވް ގޭސްގެ ފައިދާ ދެގުނަ ވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއަޓަރގައި މޯލްޑިވް ގޭހަށް ލިބުނު ފައިދާ އޭގެ ކުރީއަހަރުގެ ފުރަތަމަ ކުއާޓަރއާ އާޅާބަލާއިރު އިތުރެއްވެއްޖެއެވެ.

މޯލްޑިވް ގޭސްގެ ހިސާބުތައް ދައްކާގޮތުގައި މިފަހަރު ފައިދާ ވަނީ ކުރިއާ އަޅާބަލާއިރު ދެގުނަ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 8 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ޢަދަދުވަނީ 17 މިލިއަންރުފިޔާއަށް އަރައިފައެވެ.

މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ޖެނުއަރީ މަހާއި މާރިޗު މަހުގައެވެ. ޖެނުއަރީ މަހު ފައިދާގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މާރިޗު މަހު ލިބިފައިވަނީ 5.7 މިލިއަން ރުފިޔާއެވެ. ފެބްރުއަރީ މަހުގެ ފައިދާއަކީ 3.9 މިލިއަން ރުފިޔާ އެވެ. މިއީ މޯލްޑިވް ގޭހަށް މިއަހަރުގެ މިހާހިސާބަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެވެ. މިއިން ދައްކައިދެނީ ކުންފުނި ހިންގެވުމުގައި ހަރުދަނާ ގޮތްތަކެއް ގެންގުޅެފައިވުމެވެ.

މިފަދަ ބޮޑު ކުރިއެރުމެއް ކުންފުންޏަށް ލިބުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ޚަރަދު ކުޑަކުރުން ކަމަށް އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ޝަޒާއިލް ޝިޔާމް ވިދާޅުވިއެވެ. "އެނެމް ބޮޑު ސިއްރަކީ ބޭކާރު ޚަރަދުތައް ހުއްޓާލައި، ހިންގުމުގެ ޚަރަދު ކުޑަކުރުން،" އެމްޑީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.