މޯލްޑިވް ގޭސްގެ ފަރާތުން ޚާއްސަ ޕްރޮމޯއެއް ފަށައިފި

މޯލްޑިވް ގޭސް ގެ ފަރާތުން ޚާއްސަ ޕްރޮމޯ އެއް ފަށައިފައެވެ. "ލުއި ފަސޭހަ ޕްރޮމޯ" ގައި ލުއިފުޅިއެއް އެއްހާސް ރުފިޔާއަށް ލިބޭނެ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރ ޝަޒާއިލް ޝިޔާމް ވިދާޅުވިއެވެ. އޭގެ އިތުރަށް ކުރިއަށްވުރެ އަގުހެޔޮކޮށް ދަގަނޑުފުޅި ލުއި ފުޅިއަށް ވެސް މި ޕްރޮމޯޝަނުގައި ބަދަލު ކުރެއްވޭނެއެވެ.

ލުއިފުޅި ޢާއްމުކޮށް ވިއްކަނީ 1774 ރުފިޔާއަށެވެ. އެހެންނަމަވެސް ޕްރޮމޯޝަނުގައި އެއްހާސް ރުފިޔާއަށް ވިއްކާ ގޮތަށް ނިންމެވީ ކަސްޓަމަރުނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް މޯލްޑިވް ގޭހުން ވިދާޅުވިއެވެ.

ލުއފުޅިއަކީ މީގެ މީގެ ފަސް ވަރަކަށް އަހަރު ކުރިން ތަޢާރަފްކުރި ފުޅިއެކެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.