ފާއިތުވި އަހަރުގެ ރަމަޟާންމަހު ހުންނެވީ އަނިޔާވެރި ބަންދެއްގައި ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ކުށެއްނެތި އަދި ކޯޓުން ޙުކުމެއް ކުރައްވާފައި ނުވަނީސް އެމަނިކުފާނު ދޫނިދޫ ޖަލުގައި ބަހައްޓާފައި ހުއްޓަސް މި އަހަރުގެ ރޯދަމަސް ލައިގަތް އިރު ޢާއިލާގެ ބޭފުޅުންނާއެކު ގޭގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ ﷲއަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ.
"މިދިޔަ އަހަރުގެ މިދުވަހު އަޅުގަނޑުހުރީ ދޫނިދޫޖަލުގައި. ކުށެއް ނުކޮށް ޙުކުމެއްވެސް ނުކޮށް. އެއީ އަޅުގަނޑު ޖަލުގައި ހުންނަތާ ސަތޭކަ ވަނައަށްވީ ދުވަސް. އޭގެ ކުރީދުވަހު ރޯދަމަހަށް އަޅުގަނޑު ގެއަށް ބަދަލުކޮށްދެއްވުންއެދި ފުލުސް އޮފީހުގެ ބަންދާބެހޭ ބޭފުޅަކަށް އަޅުގަނޑު ދެންނެވިން. ބަންދުގައިތިބޭ ބޮޑެތި ކުށްވެރިންނޫން މީހުން ރޯދަމަހަށް ގެއަށްބަދަލު ކުރެއްވުމަކީ ކުރީ ސަރުކާރުތަކުން ގެންގުޅުއްވި އޯގާތެރި ސިޔާސަތެއް ކަމުގައިވެސް ދެންނެވިން. ވެރިން އަރިހު ދަންނަވާފައި ވަރަށް އަވަހަށް ޖަވާބެއް ދެއްވާނަމޭ އޭނާ ވިދާޅުވި. އަދިއަދަށް ދާނދެން ވެސް އެޖަވާބެއް ނުދެއްވާ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ އޭރު ކަންތައް ހުރިގޮތް ކަމަށެވެ. އެފަހަރު އަނިޔާވެރި ބަންދެއްގައި ހުންނެވިޔަސް މިހާރު ހުންނެވީ ﷲ ރަޙުމަތްފުޅުން ސަލާމަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރަމަޟާންމަހުގެ ތަހުނިޔާ އެންމެހާ ދިވެހީންނަށް ފޮނުއްވައިފައެވެ.
ފާއިތުވި ރޯދަމަހު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން މައުމޫން ފައުންޑޭޝަނުން ބާއްވާ އިޙްޔާ ކުރުމުގެ ޖަލްސާތައް ވެސް އެފަހަރު ނުބޭއްވުނެވެ. އެހެންނަމަވެސް މި ރޯދަމަހު އިޙްޔާ ކުރުމުގެ ތިން ޖަލްސާއެއް ބާއްވަން މައުމޫން ފައުންޑޭޝަނުން ވަނީ ނިންމަވައިފައެވެ.
ފަސް ކާފު ކޮބާ: ކޮންތާނު؟ ކޮން އިރަކު ދެއްކި ވާހަކައެއް؟
ބައްކަވާ އަޅުގަޑުމެން ބުނެގެން ތަ ބަންދެއްގަ
ހުރީ ނޫނީޖަލުގަ ހުރީ ތިމާ ވެރިކަން ކުރެވުނުވަރު މަދުވެގެން އުޅޭތީ އިތުރައް ވެރިކަން
ކުރަންވެގެން ޖަލައްވަނީ އަމިއްލަޔައް