ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިންފި

 މާފަންނު މުއިވިލު ސްޓޯރަށް ވަޅި ހިފައިގެން ދެމީހަކު ވަދެ ސޭޓަށް ބިރު ދައްކައި މޭޒު ވަތްގަނޑުގައިހުރި ފައިސާއާއި ސިގިރެޓު ފޮށިތަކެއް ފޭރިގެންފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:04 އެހައިކަންހާއިރު ކަމަށެވެ. މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދުކޮށްފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. އެފިހާރައަށް ވަދެ ނަގައިފައިވާ ފައިސާގެ ޢަދަދާއި ސިގިރެޓުގެ ޢަދަދެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ. މިފަދަ މައްސަލަތަކަކީ ދޭތެރެދޭތެރެއިން ހިނގަމުންދާ ސީރިއަސް މައްސަލައެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.