މައުލޫމާތު ފެތުރުމަކީ ހައްގަކަށްވާ ފަދައިން އެ ހައްގާ ގުޅިފައިވާ ޒިއްމާތަކާއި މަސްއޫލިއްޔަތުތަކެއް ހުރިކަން ހަނދާންކުރަން ޖެހޭ: ރައީސް

ފޮޓޯ: ރައީސް އޮފީސް

ޚިޔާލު ފާޅުުރުމާއި މައުލޫމާތު ފެތުރުމަކީ ހައްގަކަށްވާ ފަދައިން، އެ ހައްގާ ގުޅިފައިވާ ޒިއްމާތަކާއި މަސްއޫލިްޔަތުތަކެއް ހުރިކަން ހަނދާން ކުރަން ޖެހޭ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބެއްގައި ރައީސް ވިދާޅުވީ އެ މަސްއޫލިއްޔަތަކީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިއުމާއި ތެދު މައުލޫމާތު ފެތުރުން ކަމަށެވެ. އަދި އެ ޒިއްމާ އަށް އިހުމާލުވެއްޖެ ނަމަ މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި ޑިމޮކްރެސީ އަށް ހީނަރުކަން އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދައުލަތާއި ރައްޔިތުން ތިބުމުގެ ބޭނުމަކީ، އެ ދައުލަތުގެ ކަންކަމާ މެދު ޚިޔާލު ފާޅުކޮށް، ބިނާކުރަނިވި ގޮތެއްގައި ފާޑު ކިއުން ކަމަށެވެ. އަދި ދައުލަތެއްގގައި ވެރީން ތިބުމުގެ ބޭނުމަކީ ރައްޔިތުންގެ ފާޑުިއުންތައް އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ދައުލަތުގެ ކަންކަން އިސްލާހު ކުރުން ކަމަށެވެ. އެހެންކަމުން ޒިއްމާދާރު ކަމާއެކު މައުލޫމާތު ފެތުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މިހާރަށްވުރެ މިނިްވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމމަނިކުފާނު ވިދާޅުވިއެވެ. އަދިނޫސްވެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށް ވިދާޅުވިއެވެ.

"މިނިވަން ނޫސްވެރި ކަމަށް ޖާގަ ދިނުމުގެ ގޮތުން ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ހިންގަމުންދާ ގޮތް ނޫސްވެރީންނަށް ފަސޭހައިން ބެލޭނެ ނިޒާމު ހަމަޖައްސައިދޭނެއެވެ." ރައީސް ވިދާޅުވިއެވެ.

ކަންކަމަށް ފާޑު ކިިއުމުގެ ދޮރު ބަންދުކުރުމުން ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދަށަށް ގޮސްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ބަންދުކުރުމުން، މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، ކޮރަޕްޝަނާއި ފަސާދަ ޢާންމުވިއެވެ. ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔައެވެ. ނަތީޖާއަކަށްވީ، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުމެވެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ހަތަރު މަސްދުވަހު ކުރެވުނު މަސައްކަތުން މިދިޔަ އަހަރާއި އަޅައިިބަލާއިރު 22 ޕޮއިންޓުގެ ކުރިއެރުމެއް ހޯދައި 120ވަނަ އިން 98ވަނަ އަށް ކުރިއަށް ޖެހިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފާޅުކުރާ ޚީޔާލެއްގެ ސަބަބުން މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.