ފަނޑިޔާރުންނާމެދު ނަފުރަތު އުފެދޭ ކަހަަލަ ވާހަކަ ފެތުރުން ހުއްޓާލާ: ސްޕްރީމްކޯޓު

ރާއްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ ކޯޓު ތަކާއި ފަނޑިޔާރުންނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަކަށް އެއްވެސް ފަރާތަކުން ވާހަކަ ނުފެތުރުމަށް ސުޕްރީމް ކޯޓުން އިލްތިމާސް ކުރައްވައިފިއެވެ.

އެ ކޯޓުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުގެއާއި ފަނޑިޔާރުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެދޭ ގޮތަށް އެއްވެސް ޙަޤީޤަތް އޮޅޭ ގޮތަށް އެއްވެސް ޢަސާސެއްނެތް ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެފަދަ ވާހަކަތައް ފަތުރަމުން ގެންދަނީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކުރުމުގެ ނިޔަތުގައި ކަމަށްވެސް ސުޕްރީމްކޯޓުން ވިދާޅުވެފައިވެއެވެ. ފަނޑިޔާރުންގެ ބޮލުގައި އެއްވެސް އަސްލެއްނެތް ތުހުމަތުތައް އަޅުވައި ފެތުރުމަކީ އެކޯޓުން ހިތާމަކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ކޯޓުތަކާއި ފަނޑިޔާރުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް އަދި ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އެއްވެސް ޢަސާސެއްނެތް ދޮގުވާހަކަތައް ފަތުރައިގެން ފަނޑޔާރުންގެ އަބުރުކަތިލައި ފަނޑިޔާރުންނަށް ބިރުދެއްކުމާއި ރައްޔިތުން ކޯޓުތަކަށްކުރާ އިތުބާރާއި އިޙުތިރާމް ކަނޑުވާލުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްކަކީ ޝަރުޢީ އަދި ދުސްތޫރީ އަދި ޢާލަމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް،" ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުންނަށް ބިރުދެއްކުމާއި ޝަރުޢީ ދާއިރާ އާއި ކޯޓުތަކުގެ މައްޗަށް ނުފޫޒު ފޯރުވުންފަދަ ކަންކަން ކުރަމުން ގެންދަނީ ސިޔާސީ މަޤުސަދުތަކެއް ޙާސިލް ކުރުމަށް، ދުސްތޫރީ ނިޒާމު ފުނޑު ފުނޑުކޮށް ސުންނާފަތި ކުރުމުގެ ނުބައި މަގްސަދުގައި ކަމަށް މެނުވީ ބެލެވޭނެ ތަނެއްނެތް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެފަދަ ކަންކަމަކީ ޚިޔާލުފާޅު ކުރުމަށް ޤާނޫނުޢަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ބޭރުން ކުރަމުންގެންދާ ކަންކަން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލު ކަމުގެ މަބުދައަކީ ކަމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ބައިނަލް އަޤުވާމީ އެކިއެކި އިންސްޓްރޫމެންޓްތަކުގައި އިސްތިޤުރާރުވެފައިވާ ޔުނިވަރސަލް މަބުދައެއްކަން އެނގެއެވެ." އެބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Eemme furathama fanDiyaarun eba Adhil verivaan jehey. Rishwathu nuhifaa nazaahaiy theri bayakah vey. Eyrun fandiyaarunnaa behey evves goas vaahaka eh evves bayaku nudhakkaane. Uththama fandiyaaru ves ragalhu vaan jehey. Thimaamen hithu hurigothakah hukum koffa Ehen meehun ge anga bandhu kurevidhaane kamah hee nukuravvaa.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.