މިހަފްތާގެ ނިޔަލަށް ވިއްސާރަކުރާނެކަމަށް ލަފާކުރޭ!

379214410-monsoon-rain-continuous-rain-male-town-heavy-rain

މި ހަފުތާނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފަކުރައްވައިފިއެވެ.

އެއޮފީހުން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށެވެ.

މިވިއްސާރަ މެދުނުކެނޑި މިހަފްތާގެ ނިޔަލަށް ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް އެއޮފީހުން ލާފާކުރައްވައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަޔަަށް ވިއްސާރަ ކުރާނެކަމަށާ، ކަނޑާއި ވައި ވެސް ގަދަ ވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެއޮފީހުން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.