މަސްވެރިކަމުގެ ބިލް އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީސްގެ ރައީސް ޤާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ މަޖިލީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލް އަންބުރައި ގެންގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިޢުލާން ކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ އެ ބިލް އަނބުރައި ގެންދެވީ ބިލް ހުށަހެޅުއްވި އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) އެކަމަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.

އެ ބިލް އޮތްގޮތުން މަސްވެރިންނާއި ޢާއްމުންގެ ވަރަށްބޮޑެތި ފާޑުކިޔުންތައް ކުރިމަތި ކުރިއެވެ. ބިލް އަނބުރާ ގެންދިޔައީ އެފަދަ ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އެބިލުގައި ވާ ގޮތުން ވަރަށްގިނަ މަސްވެރިކަން ކުރެވޭނީ ފިޝަރީޒް މިނިޓްރީގެ ހުއްދަ ކުރިން ހޯދައިގެންނެވެ. އޭގެ ތެރޭގައި މަސްރޭހާއި، މުނިފޫހި ފިލުރުމަށް ކުރާ މަސްވެރިކަމާއި ކުޅިވަރު ކުޅުމުގެ ގޮތުން ކުރާ މަސްވެރިކަން ހިމެނެއެވެ. އެހެންނަމަވެސް ކެއުމަށް ބޭނުން ކުރާ މަސްވެރިކަމަށް ހުއްދައެއް ނަގާކަށް ނުޖެހެއެވެ.

ރާއްޖޭގައި މިހާރު ޢަމަލު ކުރަމުން އަންނަނީ 1987 ގައި ހަދާފައިވާ ޤާނޫނަކަށެވެ. އެ ޤާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމެވީ ޒަމާނީ މަސްވެރިކަމަކަށް ފުރުސަތު ހޯދައި ދިނުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.