ޔޫސީއެސްއައި ޔުނިވަރސިޓީން މެޑިކަލް ކޯސްތަކަށް ޑިސްކައުންޓުދޭން އެއްބަސްވެއްޖެ

މެޑިކަލް ކޯސްތަކުގައި ދިވެހި ދަރިވަރުން ކިޔެވުމަށް ޑިސްކައުންޓު ލިބޭ އެއްބަސްވުމެއްގައި މިނިސްޓްރީއޮފް ހަޔަރއެޑިޔުކޭޝަން އާއި މެލޭޝިއާގެ ޔޫސީއެސްއައި ޔުނިވަރސިޓީން ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރައްވައިފައިވަނީ ޔޫސީއެސްއައި ޔުނިވަރސިޓީން މިނިސްޓަރ އޮފް ހަޔަރއެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

"މި ބައްދަލު ކުރެއްވުމުގައި އެ ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް މެޑިސިން އަދި ބެޗްލާ އޮފް ފާމަސީ (އޮނަރސް) ކިޔެވުމަށްޓަކައި ދިވެހި ދަރިވަރުންނަށް ޓިއުޝަންފީގެ 15 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ އެއްބަސްވެފައެވެ."

އެ ޔުނިވަރސިޓީން ދިވެހި ދަރިވަރުން ކިޔެވުމަށްޓަކައި ޓިއުޝަން ފީ އިން 15 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ އަގަކަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެ ޔުނިވަރސިޓީން މިނިސްޓްރީއޮފް ހަޔަރއެޑިޔުކޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 50 އަށްވުރެގިނަ ޕްރޮގްރާމުގެ ޓިއުޝަން ފީއިން 25 އިން ސައްތައިގެ ޑިސްކައުންޓެއް ލިބެއެވެ. އެ ޔުނިވަރސިޓީން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާ މިއަދު ބައްދަލު ކުރެއްވީ މި ސްކީމް އިތުރަށް ފުޅާ ކުރުމާބެހޭ ގޮތުން ވާހަކަ ދެއްކެވުމަށެވެ.

މިހާރުވެސް އެ ޔުނިވަރސިޓީން ރާއްޖޭގެ 50 ދަރިވަރަކު ގެންދަނީ ކިޔަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.