ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން އަދި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ސެމިނަރ ގެ ފުރަތަމަ ސެޝަން ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް. އެން. އެސް.ޑީ.އޭ) އިން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން (އެން.ޓީ.ޓީ.ސީ) އަދި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) އާއި ގުޅޭ ސިލްސިލާ ސެމިނަރތަކުގެ ތެރެއިން ފުރަތަމަ ސެމިނަރ ކުރިއަށް ގެންގޮސްފިއެވެ.

މި ސެމިނާރގެ މަޤްސަދަކީ އެން.ޓީ.ޓީ.ސީ އަދި ނެޕް ހިންގާގޮތުގެ މައުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ކުރުމާއި، އަދި މި ޕްރޮގްރާމްތަކަށް އިތުރަށް މީހުން ހޭލުންތެރި ކުރުވުމެވެ.

މި ސެމިނަރ ޝަރަފްވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙީމް ޙަސަންއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ނޭޝަނަލް ޓްރޭޑް ޓެސްޓިންގްގެ މަޤްސަދަކީ ރަސްމީ ތަމްރީނަކާނުލާ ފަންނީ ހުނަރު ލިބިފައިވާ ހުނަރުވެރިންނަށް ޤައުމީ ފެންވަރުގެ ސަނަދެއް ދިނުން ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމް.އެން.އެސް.ޑީ.އޭ އިން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަސްމީ ތަމްރީނެއް ހަދާ ހުނަރެއް ލިބިގަނެ ޤައުމީ ފެންވަރުގައި ސަނަދެއް ލިބޭނެ ޕްރޮގްރާމެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި ޓިވެޓް ނިޒާމް ހަރުދަނާ ކުރުމުގެ މުހިންމުކަމަށް އަލި އަޅުވައިލައްވާ ވޮކޭޝަނަލް ދާއިރާ ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދާ ކަމެއްކަން ވެސް ވިދާޅުވިއެވެ.

މި ސެމިނަރގައި މިނިސްޓަރގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓްރީވެފައިވާ އެސެސަރުންނާއި ޓްރެއިނިންގް ޕްރޮވައިޑަރުންގެ އިތުރުން ޓެކްނިކަލް ޕެނަލް މެމްބަރުން، ސެކްޓަރ ކައުންސިލް ތަކުގެ މެމްބަރުންނާއި ޓިވެޓް ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.